އިއްޔެގައި ޖުހާބުނީ އައްނީވޭ މިތާނގައި ތިމަންނާމެންނަށް މި އޮފީސްތެރޭގައި ފުޅިބޮއި ތެޔޮބިޑި ނުގެންގުޅެވެންޏާ ކަލޭ ޑިމޮކްރަސީވާހަކަ ނުދައްކާށޭ. ތިމަންނާ ބޭނުންވަނީ މިއޮފީހުގައިވެސް ތެޔޮބިޑިބޮވޭށޭ. ޖިބުއެގެ ސުވާލަކީ މިއީ އަޅޭ ހަމަ ވަތަން އެދޭނެގޮތްހޭ؟ .

Monday, November 16, 2009

އައްޑޫއިން ފެނުނު އާ ބާވަތަކު ކޮކާފަނި މެރުން ކުއްވެރިކުރުމާއި ނާސާއިން ހަނދަށް ދިން ގެއްލުން ކުއްވެރި ކުރުމާއި ބެހޭ ނޫސްބަޔާން


http://jibue.blogspot.com
މާލެ/ދިވެހި ރާއްޖެ

އައްޑޫއިން ފެނުނު އާ ބާވަތަކު ކޮކާފަނި މެރުން ކުއްވެރިކުރުމާއި ނާސާއިން ހަނދަށް ދިން ގެއްލުން ކުއްވެރި ކުރުމާއި ބެހޭ
No: Jibue!/002/11/09
ނޫސްބަޔާން ރަސްމީ
ދާދިފަހުން އައްޑޫއިން ފެނުނު މުޅިން އާބާވަތެއްގެ ކޮކާ ފަނިތަކެއް ވަރަށް އިހާނެތިގޮތަކަށް ބަޔަކު ނައްތާލާފައިވާތީ އާއި އަދި އެމެރިކާގެ ނާސާއިން މުޅިދުނިޔެއަށް އަލިކުރަމުންދާ ހަނދަށް ރޮކެޓްފޮނުވާ ހަނދަށް ގެއްލުން ދީފައިވާތީ ދަންނަވަމެވެ. އަޅުގަނޑުމެންގެ މި ލޮބުވެތި ޤައުމަކީ ތިމާވެށި ދިފާޢުކުރުމަށް ވަރަށް ބާރުއަޅާ ބަޔަކީމުއެވެ. މި ދެކަމުންވެސް ތިމާވެއްޓާއި ދުނިޔޭގެ މާޙައުލަށް ވީގެއްލުމުގެ ޒިންމާ ނަގަންޖެހޭ ބަޔަކު އަވަހަށް މިކަމާއި ޙަވާލުވެ ޒިންމާ ނަގަންވީއެވެ.
ކޮކާފަނީގެ މައްސަލައިގާ ދަންނަވަމެވެ. އެއީ މުޅިން އާ ބާވަތަކު މަޚްލޫޤަކަށް ވާތީއާއި އޭގައި އޭޑްސްބަލީގެ ފަރުވާ ހުރުން އެކަށީގެންވުމަކީ ހަމަ ވެދާނެ ކަމެކެވެ. އެހެން ވެއްޖެނަމަ އެ ފަނިތަށް ނެތުމުގެ ސަބަބުން އިންސާނިއްޔަތަށް ފަހުން ލިބެން ހުރި މުހިއްމު ފަރުވާ އަކުން މުޅިދުނިޔެ މަޙްރޫމްވެގެން ދާނޭތީ މިކަން މިފުރުސަތުގައި ފާހަގަ ކުރަމެވެ.
ހަނދުގައި ފެންހުރިތޯ ބެލުމުގެ މަކަރުވެރި ނަމުގައި ހަނދުގައި ރޮކެޓް ގޮއްވުމާއި ބެހޭގޮތުން ދަންނަވަމެވެ. އެއްވެސް ޙަލެއްގައި ހަދާއި އަދި ދުނިޔޭގެވެސް އެހެން ތަންތަނަކީ މީހުން ހަލާލުކޮށް ކުނިއަޅައި ނުބައި ގޭސްތަކާއި ތަކެތި ފޮނުވައި ހަދަން ހުރި ތަންތަނެއް ނޫނެވެ. އަދި ކޮންމެ ކަމެއް ކުރިއަސް އިންސާނުންނަށް ދިރިއުޅެވޭނީ މި ދުނިޔޭގައި ކަން ކުޑަ ޤްރުއާންކޮޅެއް ކިޔެވިނަމަ އެނގޭނޭ ކަމަށް ދަންނަވަމެވެ. އެމެރިކާނުންގެ ޖާހިލުކަމާއެވެ. މިޔަ ބޮޑު ޚަރަދު ނުކޮށް އެމެރިކާގެ ބްރިޖްތަކުގެ ދަށުގައި ދިރިއުޅޭ 56 މިލިޔަން މީހުންގެ ގެދޮރު ހެދުން މުހިއްމު ކަމުގައި ހަނދާންކޮށް އަރުވަމެވެ. އިޤްތިސާދާއި ތަރއްޤީއަކީ އެވަގުތަކު އިންސާނިއްޔަތަށް އެންމެ ބޭނުން ހުރިކަމަކަށް ޚަރަދު ކުރުން ކަމުގައި ޖިބުގެ އެޑްމިނިސްޓްރޭޝްންއިން ދެކެމެވެ.
އަޅުގަނޑު ޖިބުއެ ، ދިވެހި ސަރުކާރަށް މިގޮވާލަނީ މިހާރުން މިހާރަށް މިޢަމަލު ކުއްވެރިކޮށް އަލިފުދާލުގެ މާލޭގެ އޮފީހަށް ބަޔާން ފޮނުވުމަށެވެ. އަދި މިކަން ކުއްވެރިކޮށް ސަރުކާރު އިޙްތިޖާޖް ކުރުމަށެވެ.
16 ނޮވެމްބަރު 2009


ޖިބުއެ
http://jibue.blogspot.com



1 Comment:

Anonymous said...

saabaheyyyy jibueeyyyyyyy!!!!!!!!!

Post a Comment | Feed

Post a Comment